ads
މިނިސްޓަރު މަހްލޫފު--- ފޮޓޯ: ސަން
މިނިސްޓްރީން ފައިސާ ދިނަސް ނުދިނަސް ކޯޗުންނަށް މުސާރަ ދޭން ޖެހޭނީ ކްލަބުން: މަހްލޫފު
ޔޫތު މިނިސްޓްރީން ކްލަބުތަކަށް ފައިސާ ދިނަސް ނުދިނަސް، ކޯޗުންނަށް މުސާރަ ދިނުމަކީ ކްލަބުތަކުން ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް، އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މަހްލޫފު މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ގާއިމްކޮށްފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ވާޗުއަލްކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ. 

ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކޯޗުންނަށް ވަކި އެލަވަންސެއް ދެ އެވެ. އެއީ އޭ ލައިސަންސް އޮންނަ ކޯޗަކަށް މަހަކު ފަނަރަ ހާސް ރުފިޔާ އެވެ. މިނިސްޓަރު މަހްލޫފު ވިދާޅުވީ ކޯޗުނަށް މުސާރަ ދިނުމަކީ ކުލަބުތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަމުގައި ކޯޗުންނާއި މިނިސްޓްރީން މުޢާމަލާތް ކުރައް ނުވެސް ޖެހޭ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނާ ކޯޗަކާ މި ކަމުގައި ޑީލްކުރާކަށް ނުވެސް ޖެހޭނެ ދެއްތޯ. އަޅުގަނޑުމެންނާ ޑީލްކުރާނީ ކްލަބުން. އަޅުގަނޑުމެން ކްލަބަށް ފައިސާ ދިނަސް ނުދިނަސް ކްލަބާ ކޯޗު ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓާ އެއްގޮތަށް މުސާރަދިނުމުގެ ޒިންމާ އޮންނާނީ ކްލަބަށް. އަޅުގަނޑުމެން ކޯޗުންނަށް ދޭ އެލަވެންސެއް އޮންނާނެ. އެ ފައިސާ މިކަން ހަމަޖެހުނުހާ އަވަހަކަށް ހަމަޖައްސައިދޭނަން. ދެން މި ވަގުތަށް ބަލާއިރު ފުޓްބޯޅަ ލީގު ވެސް މި އޮތީ ހުއްޓިފައި،" މަހްލޫފް ވިދާޅުވި އެވެ. 

މިނިސްޓަރު މަހުލޫފު މިއަދު މިހެން ވިދާޅުވިއިރު، ދިވެހި ފުޓްބޯޅަ ކްލަބުތަކަށް މާލީ ދަތިތަކެއް ހުރެދާނެ ކަމަށް ނުބެލެވޭ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒު ވެސް ވަނީ ވިދާޅުވެފަ އެވެ. ޖަވާޒު މިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފައި ވަނީ ސީޒަން ނިމިފައި އޮތުމުން މާބޮޑު ދަތިތަކެއް ކްލަބުތަކަށް ހުންނާނެ ކަމަށް ހީނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް