ads
ސޮބާހް މުހައްމަދު
މަހްލޫފުގެ ވާހަކައަކީ ކުޅުންތެރިންނަށް ނުބައި މެސެޖެއް: ސޮބާހް
ޕްރެކްޓިސް ނުކުރާ ދުވަސްވަރު މުސާރަ ނުލިބޭނެ ކަމަށް ވިދާޅުވެ، ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ދެއްކެވި ވާހަކަފުޅަކީ، ޒުވާން ކުޅުންތެރިންނަށް ދެވުނު ނުބާއި މެސެޖެއް ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އަދި އަރަމުން އަންނަ ޒުވާން ކޯޗު ސޮބާހް މުހައްމަދު ބުނެފިއެވެ. ސޮބާއަކީ، ސާފް ޗެމްޕިއަންޝިޕުން ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދި ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ. އަދި ސޮބާ އަންނަނީ ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ.

ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދެނީ ޕްރެކްޓިސް ނުކުރާ ދުވަސްވަރެއްކަމުގައިވާތީ ކަމަށް ވިދާޅުވެ، މިނިސްޓަރ މަހްލޫފު ދެއްކެވި ވާހަކަފުޅަށް ރައްދު ދެމުން ސޮބާ ބުނީ، ޕްރެކްޓިސް ނުކުރާތީ މުސާރަ ނުދިނުން އެންމެ ރަނގަޅު ނަމަވެސް، ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ކޮންމެވެސް ކަހަލަ އެލަވަންސެއް ދޭން ޖެހޭ ކަމަށް ދެކޭ ކަމަށެވެ. އަދި ބައެއް ކުޅުންތެރިންނަކީ، އިތުރު އެހެން މަސައްކަތެއް ނުކޮށް ހުސްއެކަނި ކުޅިވަރުން ލިބޭ އާމްދަނީއަކުން ދިރިއުޅޭ ބައެއް ކަމަށާއި، މި ކަހަލަ ދަނޑިވަޅެއްގައި އެ ކުޅުންތެރިންނަށް އެއްޗެއް ދެވެން ނެތް ކަމަށް ވިދާޅުވުމަކީ އެ ކުޅުންތެރިންނަށް ދެވޭ ނޭދެވޭ މެސެޖެއް ކަމަށެވެ.

ގޭގަ ބަސް އަހައިގެން ތިބެން ބުނީމާ ކުޅުންތެރިންވެސް ތިބޭނީ ގޭގައި ބަސް އަހައިގެން. އެ ކުދިން ކައިރީ މާދަމާ ޕްރެކްޓިހަށް ނުކުންނަން ބުންޏަސް ދާނެ ގަޑިއަށް. އެ ކުޅުންތެރިން އަބަދުވެސް ތިބޭނީ ތައްޔާރަށް، އީދެއް ހައްޖެއް ރޯދައެއް އެ ކުޅުންތެރިންނަކަށް ނޯވޭ. މާދަމާ ފުރަން ބުންޏަސް ތިބޭނީ ތައްޔާރަށް. އެންމެންކަށް ޑެލިވަރީއަށް ނުކުމެ އުޅެވޭކަށް ނެތް. ބަރާބަރަށް މުސާރަ ޖަމާވާ މީހަކަށް މިކަންކަން ނުވިސްނިދާނެ.

ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ކުޅެ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނި، އަދި ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާން ކޯޗު ސޮބާ އިތުރަށް ބުނީ ކުޅުންތެރިންގެ އިހްސާސްތަކާއި ކުޅުންތެރިންގެ ދިރިއުޅުން ގިން ފަރާތްތަކަށް ނުވިސްނޭ ކަމަށެވެ. އަދި މިނިސްޓަރުގެ ވާހަކައިން ހާމަވެގެން ދިޔައީ ރާއްޖޭގައި ކުޅުންތެރިންގެ އަގު ވަޒަން ނުކުރާ މިންވަރުކަމަށް ސޮބާ ބުންޏެވެ.

your imageސާފް ޗެމްޕިއަންޝިޕް 2008 ޓީމް، ސޮބާ 27 ނަންބަރު ޖަރޒީގައި

މިނިސްޓަރ މަހްލޫފު، ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ، ގައުމީ ޓީމަށް އެލަވެންސް ނުލިބިގެން އުޅެނީ ފަރިތަކުރުންތައް ކުރިއަށް ނުގެންދާތީ ކަމަށެވެ. އެކަމާއި ގުޅިގެން ގިނަ އެތްލީޓުން އަންނަނީ ޚިޔާލުފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް