ads
އަނިޔާ ކުރާ މަންޒަރެއް: ގެވެށިއަނިޔާ ހުއްޓުވަން ޖެހޭ--
ކޮވިޑް-19: ގެވެށި އަނިޔާ އިތުރުވެ، ދުނިޔެއަށް އިތުރު ވޭނެއް!
އަނިޔާ ދެމުންދިޔަ މީހުންނާއި އަނިޔާލިބެމުން ދިޔަ މީހުން އެއްތަނެއްގައި ބަންދުވެގެން އުޅެން ޖެހުމުން ގެވެށި އަނިޔާގެ މައްސަލަތައް މިލިއަނުން އިތުރުވަމުންދާތީ، ސަރުކާރުތަކުން ހާއްސަ ސަމާލިކަމެއް ދީގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި ތަޖުރިބާކާރުން ގޮވާލައިފިއެވެ.

އަލްޖަޒީރާ ޓީވީން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި، އެފްރިކާ ބައްރުގައި އާންމުވެފައިވާ ގެވެށި އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މުޅި އެފްރިކާގައި ކޮވިޑް-19ގެ ބެނދެވުންތަކުގެ ސަބަބުން ގެވެށި އަނިޔާ އިންތިހާއަށް އިތުރުވެގެން ގޮސްފައިވެއެވެ.

ހަމަ އެޕްރޮގްރާމުގައި ވާހަކަ ދެއްކެވި އެމެރިކާގެ ތަޖުރިބާކާރަކު ވިދާޅުވީ، މުވާސަލާތީ ގޮންޖެހުންތަކާއި އަނިޔާ ލިބޭ މީހުންނަށް ފޯރުކޮށްދޭ އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތައް ހުއްޓުމަކަށް އައިސްފައިވުމާއި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރާ ބާރުތައް ކޮވިޑް-19ގެ ކަންކަމުގައި އަވަދިނެތި އުޅެންޖެހުމާއި ސަރުކާރުތަކުގެ ސިކުނޑިތަކުން އާންމު އިޖުތިމާއީ މައްސަލަތައް ބޭރުވެ، ހަމައެކަނި ކޮވިޑް-19އަށް ހުސްކޮށްލާފައިވާތީ، ގެވެށި އަނިޔާގެ ޝިކާރައަށް ވަމުންދާ މީހުން އިތުރުވެގެން ގޮސްފައިވާކަމަށެވެ.

"މި ހާލަތުގައި ސަރުކާރުތަކުން ގެވެށި އަނިޔާއާ ދެކޮޅަށް ވިސްނުންތެރި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މުޅި އުމުރަށް ބަލިވެގެން ހިނގައިދާނެ،" އެމެރިކާގެ ތަޖުރިބާކާރު ވިދާޅުވިއެވެ. "އަނިޔާލިބޭ މީހުންނަށް އެކަން ފަސޭހަކަމާއެކު ރިޕޯޓްކުރެވޭނެ ގޮތްތައް ރާވައި، އެކަމަށް ހާއްސަ އެޕްތައް ތަރައްޤީކޮށް އާންމުކުރަންވީ ވަގުތަކީ މިއީ."

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް