ads
މެލޭޝިޔާގައި އުޅޭ ބޭރު މީހުންތަކެއް: ކޮވިޑާ ގުޅިގެން ގަވާއިދާ ހިލާފު އުޅޭ ބޭރު މީހުންނާ މެދު ފިޔަވަޅު އަޅަނީ--
މެލޭޝިޔާގައި ގަވާއިދާ ހިލާފަށް އުޅޭ ބޭރު މީހުން ހައްޔަރުކުރަން ފަށައިފި
މެލޭޝިޔާގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އެޤައުމުގައި އުޅެމުންގެންދާ އެހެން ޤައުމުތަކުގެ މީހުން ހައްޔަރުކޮށް، އާންމުންނާ ދުރުހިސާބުތަކުގެ ބަންދުކުރަން ފަށައިފިއެވެ.

މެލޭޝިޔާގެ ސަރުކާރުން ބުނާ ގޮތުގައި މިއަމަލަކީ ކޮވިޑް-19 ހުއްޓުވުމަށް އެޤައުމުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

"އެއްވެސް ލިޔެކިޔުމެއް ނެތި، ކޮން ޤައުމެއްގެ ކާކުކަން ވެސް ނޭނގި، ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ގިނަ ބަޔަކު އުޅެމުން ދިއުމަކީ ވަރަށް ސީރިއަސް މައްސަލައެއް. އެކަންކަމަށް ދޫދެވޭކަށް ނެތް،" މެލޭޝިޔާ ސަރުކާރުގެ ފަރާތުން އަލްޖަޒީރާއަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

މިހާލަތުގައި، މެލޭޝިޔާގައި ތިބި ރޮހިންޖާ މުސްލިމް ރެފިއުޖީން ވެސް އަނބުރާ ޤައުމަށް ފޮނުވާލާފާނެ ކަމުގެ ރިޕޯޓްތައް ބުނެއެވެ.

"މިތަނަށް (މެލޭޝިޔާއަށް) އައިސް އދ.ގެ ރެފިއުޖީންނާ ބެހޭ ޖަމާޢަތުގެ އެހީތެރިކަން ހޯދަން ފެށުމުން، އަހަރެމެންނަށް ރައްކާތެރިކަމުގެ އިހްސާސްވާންފެށި. އެހެންނަމަވެސް މިހާރު އަޑުއިވެނީ އަހަރެމެން އަނބުރާ ފޮނުވާލަން އުޅޭ ވާހަކަ،" މެލޭޝިޔާގައި ރޮހިންޖާ މުސްލިމުން ދިރިއުޅުމަށް ޙާއްސަކޮށްފައިވާ ފުލެޓެއްގައި ދިރިއުޅޭ ނިކެމެތި އާއިލާއެއްގެ މަންމަ އަލްޖަޒީރާއަށް ބުންޏެވެ. "އަހަރެމެން ފޮނުވާލައިފިނަމަ ހީވެސް ނުކުރާފަދަ އަނިޔާވެރިކަމާއި ނިކަމެތިކަމާ އަނެއްކާވެސް ކުރިމަތިލާން ޖެހޭނެ."

މެލޭޝިޔާ ސަރުކާރުން ބުނީ ޤައުމުގެ ސަލާމަތާއި ރެއްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ފަސްނުޖެހި އަޅަމުން ގެންދާނެ ކަމަށެވެ. އެހެންނަމަވެސް ރޮހިންޖާ މުސްލިމުންގެ ވާހަކައެއް އޭނާ ފާހަގައެއް ނުކުރައްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް