ads
އިދިކޮޅުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--
ކައުންސިލަރުންގެ ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" އަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ބިލެއްކަމަށައި އެ ބިލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާ ހިލާފު ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީގައި ލޯކަލް ކައުންސިލް އިންތިހާބު ދައުރު ކަނޑައެޅިގެން ބަޔާންވެފައި ވަނިކޮން މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލް ނުކުރެވޭނެ ކަމަށެވެ. 

މިއީ ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްކަން ފާހަގަކުރަމުން ބަޔާނުގައި ބުނީ 

ގާނޫނު އަސާސީއާ ހިލާފަށް ފާސްކުރެވޭ ކޮންމެ ގާނޫނަކީ ބަތިލް ގާނޫނެއްކަން ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް ހުރަސް އެޅޭނަމަ އެކަމަށް ފަރުވާ ހޯދަން ޖެހޭނީ ސްޕްރީމް ކޯޓުންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

ހަސަން ލަތީފް ހުށަހެޅެއްވި މި ބިލް އިއްޔެ 53 މެމްބަރުންގެ ވޯޓުން މަޖިލީހަށް ބަލައިގެންފައިވާއިރު އިދިކޮޅުގެ ބަޔާނުގައި ބުނީ މި ބިލަކީ ކައުންސިލް އިންތިހާބު، ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ހަމަޖެހިފައިހުރި އުސޫލުތަކާއި ހަމަތައް ގަޑުބަޑުކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

"އެ ބިލަކީ ގާނޫނުއަސާސީއަށް ގޮންޖަހާ މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި، ތިމާމެން ބޭނުންވާ ގޮތަކަށް އިންތިހާބުތަކާއި ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުސަތު ހޯދުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތެއް ކަމުގައި މިކޯލިޝަން ގަބޫލު ކުރަމެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިންތިހާބު ތަކުގެ އުސޫލުތަކާއި ތާއާރުޒުވާ ފަދަ ގާނޫނުތައް މަޖިލީހުން ފާސްކޮށް އިންތިހާބުތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ބަލައިގަންނާނެ ކަމެއް ނޫނެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މެޖޯރިޓީގެ ބޭނުން ހިފައިގެން ގާނޫނު އަސާސީއަށް ގޮންޖައްސަވަން ކުރާ މަސައްކަތް ހުއްޓާލުމަށް މި ބަޔާނުގައި ކޯލިޝަނުން ގޮވާލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް