ads
އިޝާން ލަވަ ކިޔުން ހުއްޓާލުމުން އަލީ ރަމީޒުގެ ތައުރީފު އޮހެނީ
މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކުން ގިނަ ބައެއްގެ ލޯބި ހޯދި މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލި ހަބަރަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށް އަލީ ރަމީޒު ބުނެފިއެވެ.

އިޝާން ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއުޒިކް ކުޅޭ އަޑު އެހުން އެއީ ﷲ އާ ތިބާ އާ އޮތް ގުޅުން ވަރަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އަދި ޝައިތާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސު ކޮންޓްރޯލް ކޮށްލާ ކަމެއް ކަމަށް އިޝާން ވަނީ ބުނެފައެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތައްވީ އިހްސާސްތަކާއި ނުބައްދަލު" އިޝާން ބުނެފައި ވެއެވެ.

އިޝާން ބުނީ މިއަދު އެންމެ ރެއަކުން އޭނާއަށް ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށާއި އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށެވެ.

"އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅުނަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި، އާމީން" އިޝާން ބުނެފައި ވެއެވެ.

އެކަމާ ގުޅިގެން އަލީ ރަމީޒު ބުނީ އިޝާން ލަވަ ކިޔުން ހުއްޓާލި ހަބަރަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. އަދި އިޝާން އަކީ ޒުވާނުންނަށް ނަމޫނާ އެއް ކަމަށް ވެސް އަލީ ރަމީޒު ވަނީ ބުނެފައެވެ.

"ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ" އަލީ ރަމީޒު ބުންޏެވެ.

އިޝާން ވަނީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ތިން ވަނަ ހޯދާފައެވެ. އައިޑަލް އަށްފަހު އިޝާން ވަނީ ރިސޯޓުތަކާއި އެކި ޝޯތައް ވެސް ހުށަހަޅާދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް