ads
ކޮވިޑް-19: ޔޫކޭ ގައި 30،000 މީހުން މަރު ވެއްޖެ
އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 30،000 އަށް އަރައިފި އެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 32،313 އަށް އަރައި ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުގެ ގޮތުގައި އިނގިރޭސި ވިލާތް މިވަނީ ވެފައެވެ. އަދި ޔޫރަޕުގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުގެ ގޮތުގައި މިހާރު އޮތީ ވެސް އިނގިރޭސި ވިލާތެވެ.

އިނގިރޭސި ވިލާތުގެ މީޑިއާ އެއް ކަމަށްވާ ދަ ގާޑިއަންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މެއި މަހުގެ ދެވަނަ ދުވަހު އެ ގައުމުން ރިޕޯޓު ކޮށްފައިވަނީ 29،648 މީހުން ނެވެ. 

މީގެ އިތުރުން ހުޅަނގު އަޔަލަންޑް އާއި ސްކޮޓްލެންޑްގައި މަރުވި މީހުންގެ އަދަދު ޖުމްލަ އެއްކޮށް ލުމުން އިނގިރޭސި ވިލާތުގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 30،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

އިނގިރޭސި ވިލާތުގައި މިހާރު އިޓަލީ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިޓަލީގައި އެންމެ ފަހުން ކޮށްފައިވާ ރިޕޯޓާއި އެކީ ޖުމްލަ މަރުވެފައި ވަނީ 29،079 މީހުންނެވެ.

އިނގިރޭސި ވިލާތުގައި 30،00 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ވައިރަސް ޖެހިފައިވަނީ 191,832 މީހުންނަށެވެ. އަދި ވައިރަހަށް ފަރުވާދީ ރަނގަޅުވެފައި ވަނީ 910 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް