ads
ޝާލްކޭގެ ކުރީގެ ޑިފެންޑަރު ޝިއަނިކް ކަމްބާ
މަރުވިތާ ހަތަރު އަހަރު ފަހުން ދިރިހުއްޓާ ފެނިއްޖެ
ޖަރުމަނުވިލާތުގެ ޝާކްލޭ އަށް ކުޅުނު ކުޅުންތެރިއަކު، މަރުވިކަމަށް ރިޕޯޓްކުރިތާ ހަތަރު އަހަރު ފަހުން ދިރިހުއްޓާ ފެނިއްޖެއެވެ. ޝާލްކޭގެ ޑިފެންޑަރު ޝިއަނިކް ކަމްބާ، މީގެ ހަތަރު އަހަރު ކުރިން ކާރު އެކްސިޑެންޓެއްގައި މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ އޭނާގެ އަންހެނުންނެވެ.

ޖަރުމަންވިލާތުގެ އެއްވަނަ ގޯލް ކީޕަރު މެނުއަލް ނޯޔާއާއި އެކު ކުރިން، ޝާލްކޭއަށް ކުޅުނު ކަމްބާ މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ ދެހާސް ސޯޅަ ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާ މަރުވިކަމަށް ރިޕޯޓްކޮށް، އޭނާގެ އަންހެނުންވަނީ ކަމްބާގެ ލައިފް އިންޝޫރެންސްގެ ފައިސާވެސް ނަގާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮންގޯއަށް އުފަން މި ކުޅުންތެރިޔާ މަރުވިކަމަށް ރިޕޯޓްކުރުމާއި ގުޅިގެން ޝާލްކޭއިން އޭރުވަނީ އެކަމުގެ ހިތާމަވެސް ފާޅުކޮށްފައެވެ. އެހެންނަމަވެސް އޭނާ ދިރިހުއްޓާ ފެނުމުން، އޭނާގެ ކުރީގެ އަންހެނުން، ދޮގު ރިޕޯޓްކުރި މައްސަލައިގެ ތަހުގީގު މިހާރުވަނީ ފެށިފައެވެ. އަދި އޮޅުވާލައިގެން އިންޝޫރެންސް ފައިސާ ނެގި މައްސަލައާއި، ވަގު ޑޮކިއުމަންޓްތަކެއް ހަދައިގެން ކަމްބާ މަރުވި ކަމަށް ދައްކަން އުޅުމުގެ ދައުވާ އޭނާގެ ކުރީގެ އަންހެނުންނާއި ދެކޮޅަށްވަނީ އުފުލާފައެވެ. އަދި މި މައްސަލައިގާ ކަމްބާގެ ކުރީގެ އަންހެނުންނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ކަމްބާވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް