ads
މަޑިފުށި-- ފޮޓޯ: ގޫގަލް
މަޑިފުށީގައި ރުކަކުން ވެއްޓި މީހަކު މަރުވެއްޖެ
ތ. މަޑިފުށީގައި ރުކަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އެރަށު ބަނދަރު ސަރަހައްދުގައި ހުރި ރުކަކުން ވެއްޓި މި މީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހު އެވެ. 

މަރުވެފައި ވަނީ އެރަށަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ރުކުން ވެއްޓުމުގެ ސަބަބުން އެމީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. 

އެގޮތުން އޭނާ މަރުވެފައި ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް