ads
މަގުމަތީގައި އުޅޭ ބުޅާތަކަށް ކާން ފުލުހަކު ކާން ދެނީ--
މަގުމަތީގައި އުޅޭ ބުޅާތަކަށް ފުލުހުން ކާންދެނީ
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ފުލުހުން ކާންދޭ ފޮޓޯތަކަށް އާންމުންގެ ސަމާލުކަން ލިބިއްޖެ އެވެ.

ފުލުހުން ސޯޝަލް މީޑިއާއަށް ހިއްސާކުރި ފޮޓޯތަކުން ފެނިގެންދަނީ އިންޑަސްޓްރިއަލް ވިލެޖް ކައިރީގައި އުޅޭ ބުޅާތަކަށް ފުލުހުން ކާންދޭ މަންޒަރެވެ. 

މި ފޮޓޯތައް ހިއްސާކޮށް ފުލުހުން ބުނީ، ކޮވިޑް-19 ގެ ފެތުރެމުންދާ މިދަނޑިވަޅުގައި ވެސް މަގުމަތީގައި އުޅޭ ބުޅާތަކުގެ ހަނދާން ބައެއް ފުލުހުން ނުނެތޭ ކަމަށެވެ.

މާލޭގެ މަގުމަތީގައި ގިނަ އަދަދެއްގެ ބުޅާ ދިރިއުޅެ އެވެ. އެގޮތުން ގޭގޭ ދޮރުމަތީގައި މިގޮތަށް އުޅޭ ބުޅަލަށް ކާއެއްޗެހި ބަހައްޓާފައި ހުންނަމަންޒަރު ވެސް ފެނެ އެވެ. އެކަމަކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ އާންމުންނަށް ދިމާވެފައިވާ ދަތިތަކާހުރެ އެ މަންޒަރެއް މިހާރަކު ނުފެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް