ads
ޕްރިމިއަރ ލީގުގެ މެޗެއްގެ ތެރެއިން
ހާފެއްގެ ދިގުމިން ސާޅީސް ފަސް މިނިޓަށްވުރެ ކުޑަ ކުރަނީ
ކޮރޯނާގެ ސަބަބުން މެދު ކަނޑާލާފައިވާ ފުޓްބޯޅަ އަލުން ފަށާއިރު، ހާފެއްގެ ދިގުމުން ސާޅީސް ފަސް މިނިޓަށްވުރެ ކުރު ކުރަން ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން ޕީއެފްއޭއިން ލަފާ ދީފިއެވެ. ޕީއެފްއޭއިން މި ގޮތަށް ލަފާ ދީފައިވަނީ، މެދު ކަނޑާލާފައިވާ ޕްރިމިއާ ލީގު އަލުން ފެށުމާއި ގުޅޭ ގޮތުން ކުރެވެމުންދާ މަޝްވަރާތަކުގައެވެ.

މެދު ކަނޑާލާފައިވާ ފުޓްބޯޅަ އަލުން ފެށުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސާ ގޯޑަން ޓެއިލާ ހުށަހެޅި އެއް ކަމަކީ، މެޗެއްގެ ހާފެއްގެ ވަގުތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ސާޅީސް ފަސް މިނިޓަށްވުރެ ކުރު ވަގުތެއް ހާފެއްގެ ވަގުތުގެ ގޮތުގައި ހަމަ ޖެއްސުމެވެ. ޓެއިލާ މި ގޮތަށް ހުށަހެޅީ، ފުޓްބޯޅަ އަލުން ފަށާއިރު އެންމެ މުހިއްމުވާނީ ކުޅުންތެރިންގެ ރައްކާތެރިކަން ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް ޓެއިލާގެ މި ހުށަހެޅުން އަދި އެޖެންޑާ ކުރެވި މަޝްވަރާ ކުރެވޭ ހިސާބަކަށް އަދި ނުދެއެވެ.

މާޗު މަހުގެ ތޭރަވަނަ ދުވަހު ޕްރިމިއާ ލީގު މެދު ކަނޑާލިއިރު ބާކީ އަދި ނުވަދިހައަށްވުރެ ގިނަ މެޗު ނުކުޅެ އެބައޮތެވެ. ލީގު އަލުން ފެށުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ދާއިރު، ހަރުކަށި އުސޫލުތަކެއްވަނީ އެޖެންޑާ ކުރެވިފައެވެ. މީގެ ތެރޭގައި ހަފުތާއަކު ދެ ފަހަރު ކޮންމެ ކުޅުންތެރިއަކު ކޮރޯނާއަށް ޓެސްޓުކުރުމާއި، ކޮރޯނާގެ އެއްވެސް އަލާމާތެއް ހުރިތޯ ދުވާލަކު އެއް ފަހަރު ހުރިހާ ކުޅުންތެރިން ޗެކް ކުރުން ހިމެނެއެވެ. މީގެ އިތުރުން ޕްރެކްޓިސްތަކަށް ކުޅުންތެރިން އެކަނި އައުމާއި، ޕްރެކްޓިސް ވަގުތުތަކުގައި ފޭސް މާސްކް ބޭނުން ކުރުމާއި، އަދި ޕްރެކްޓިސް ގްރައުންޑްތަކުން ފެންވެރުން މަނާކުރުމާއި އަދި ކެއިން ބުއިން މަނާކުރުންވެސް ހިމެނެއެވެ. އަދި ފަރިތަކުރުންތަކުގައި ހަރަކާތްތެރިވާ ހުރިހާ މެޑިކަލް ސްޓާފުން ރައްކާތެރިކަމުގެ ގޮތުން ޕީޕީއީ ބޭނުން ކުރުންވެސް ލާޒިމުކުރުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް