ads
ބާސެލޯނާގެ ބައެއް ކުޅުންތެރިން
ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރަނީ
ސްޕެނިޝް ލީގު އަލުން ފެށުމުގެ ތައްޔާރީތައް ވަމުން އަންނައިރު، ބާސެލޯނާގެ ހުރިހާ ކުޅުންތެރިން މިއަދު ކޮވިޑަށް ޓެސްޓް ކުރަން އެ ކްލަބުން ނިންމައިފިއެވެ. ބާސެލޯނާ ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރާނީ އެ ކްލަބުގެ ޓްރެއިނިން ގްރައުންޑްގައެވެ.

ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު ކްލަބުގެ ފަރިތަކުރުންތައް އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ބޮޑަށް ފަރުދީ ގޮތުން، އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ގައިގޯޅި ނުވެ ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށެވެ. ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރުމުގެ ކުރިން ޓްރެއިންނިގ ގްރައުންޑާއި ފެސިލިޓީތައް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑިސްއިންފެކްޓް ކުރާނެއެވެ.

މާރިޗު މަހުން ފެށިގެން ސްޕެއިންގައިވެސް ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާއިރު، އެ ގައުމުގެ ފެޑެރޭޝަނުން އަންނަނީ ޖޫން މަހުގެ ތެރޭގައި އަލުން މެޗުތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަދި މިހާތަނަށް މެޗުތައް ފެށޭނެ ސީދާ ތާރީޚެއް ކަނޑައެޅިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް