ads
މަބްރޫކް-- ފޮޓޯ: ޕީއެސްއެމް
މޭ މަހުގެ 1 ގައި ގެންނަން ބުނި ވެންޓިލޭޓަރުތައް އައުމުގައި ލަސްތަކެއް އެބަ އުޅޭ
މޭ މަހުގެ އެއް ވަނަ ދުވަހު ގެންނަން ބުނި ވެންޓިލޭޓަރު ތައް ގެނައުމުގައި ލަސްތަކެއް އުޅޭކަމަށް ކޮވިޑް-19 ގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

މިރޭގެ ނިއުސް ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިމަހުގެ އެއް ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ބުނި ވެންޓިލޭޓަރުތައް އައުން ލަސްވެފައި ވަނީ ދަތުރުފަތުރުގެ ދަތިތަކެއް އުޅޭތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

އެހެން ނަމަވެސް އެ ވެންޓިލޭޓަރުތައް މި ހަފްތާގެ ބުރާސްފަތި ދުވަހު އަންނާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އެގޮތުން އެއް ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ބުނެފައި ވަނީ މެޑް ޓެކް ކުންފުނިން ގެނައުމަށް ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެވެ. އަދި 10 ވެންޓިލޭޓަރު 15 މޭ ގައި ގެނެވޭނެކަމަށާއި، ބާކީ ވެންޓިލޭޓަރު ގެނެވޭނެ ދުވަސްތައް ކަށަވަރުވުމުން ހިއްސާ ކުރާނެކަމަށް އެކުންފުނިން ބުނެފަައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. 

ހެލްތް މިނިސްޓަރު ވަނީ ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 20 ވެންޓިލޭޓަރު އުފެއްދުން ލަސްވެފައިވާތީ އެހެން ގޮތެއް ހޯދަމުން އަންނަކަމަށް 22 އޭޕްރިލްގައި އަންގާފައިވާކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ. އަދި އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު އެކެއް މޭގައި ގެނެވޭނެކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް