ads
އަލީ އާޒިމް--- ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ބިދޭސީންގެ މައްސަލައަކީ މުއައްސަސާތައް ގުޅިގެން ހިންގި ވައްކަމެއް: އަލީ އާޒިމް
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއައްސަސާތައް ގުޅިގެން ހިންގި ވައްކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައިގައި ޤައުމީ ސަލާމަތާއި ހާރިޖީ ގުުންތަކުގެ ކޮމިޓީން ދިރާސާ ކުރި މައްސަލައަށް މެމްބަރުން ވާހަކަދައްކަވާފައެވެ. އެގޮތުން އަލީ އާޒިމް ވިދާޅުވީ މިހާރުދިމާވެގެން އުޅޭ ކޮވިޑް19 އާއި ގުޅިގެން ބދޭސީ މަސައްކަތްތެރިންގެ ކަންކަން އިތުރަށް ފާހަގަ ވެފައިވާކަމަށެވެ. 

"މިކަމަކީ [ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ] ހަގީގަތުގައި އަޅުގަނޑުމެން ގަބޫލުކުރަންވާނެ އެއް މުއައްސަސާ އަނެއް މުއައްސަސާ ގުޅިގެން ބޮޑު ވައްކަމެއްގެ ގޮތުގައި މީގެ އެތައް އަހަރެއް ކުރިން ހިންގަމުން އައި ކަންތައްތަކެއް."

އަލީ އާޒިމް ވިދާޅުވީ ރާއްޖޭޣައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ އަދަދެއް އިނގެން ނެތުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. 

ކަމާއި ގުޅިގެން ހުރި ޤާނޫނުތައް ހެދިފައި އެބަހުރި ކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ މުއައްސަސާތަކުން ގާނޫނު ތަންފީޒް ކުރުމަށް ފަސްޖެހެނީ ރާވައިގެން ކަމަށެވެ. އަދި މި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރޭވުންތެރިކަމާއި އެކު ހިންގި ވައްކަމެއްގެ ތެރެއިން ހިނގާފައިވާ ކަމެއްކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

އަދި މިކަން ހިނގަންފަށާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިކޮނޮމިކް މިނިސްޓްރީގެތެރެއިން ކަމަށް އަލީ އާޒިމް ތުހުމަތު ކުރެއްވި އެވެ. އަދި އެކަން ކޮށްފައިވަނީ އެއް މުއައްސަސާ އަނެއް މުއައްސަސާއާއި ގުޅިގެންކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް