ads
އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ
ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 85 އަހަރުގައި އަމީނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. 

އަމީނާ މުހައްމަދު އަމީން އަކީ ރައީސް މުހައްމަދު އަމީންގެ ފުރަތަމަ ކައިވެންޏަށް ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި އެންމެ ފަހު ބޭފުޅާ އެވެ. 

އަމީނާ ވަނީ 1985 އިން 1989 އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ. އެކަމަނާއަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ދަރިކަލުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަން ކުރެއްވި ފުރަތަމަ ބޭފުޅާ ވެސް މެ އެވެ. 

އަމީނާ ދުނިޔެ ދޫކުރެއްވި އިރު، އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް