ads
އެމްޓީސީސީ--
ސެޕްޓެމްބަރު 18 އަށް ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިމޭނެ
ހއ. ހޯރަފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި 17 މަސް ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި އެ ޕްރޮޖެކްޓް އެމްޓީސީސީ ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. 

އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހަށް މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިވަގުތު ކުރިއަށް ދަނީ އަސްފާލްޓް ޕްލާންޓެއް ހަރުކުރުމުގެ މަސައްކަތް ކަމަށާއި އެޓެސްޓް ކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ އެވެ.

މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތް: 

- 842200.33 ކިއުބިކް މީޓަރުގެ ކޮނުމާއި ބިން ހިއްކުން

- ގޮނޑުދޮށް ހިމާޔަތްކުރުމަށް 1120 މީޓަރުގެ ރިވެޓްމަންޓް ޖެހުން

- އޭޕްރަން އަދި ޓެކްސީވޭ، 8635 އަކަމީޓަރު

- ސާވިސް ރޯޑް އަދި ފަޔާ އެކްސެސް ރޯޑް ހެދުން

- 1200 މީޓަރުގެ ރަންވޭއެއް

- 9،473 ސްކޮއާ މީޓަރުގެ ޕާކިންގް އޭރިއާއެއް

- 720 މީޓަރުގެ އެއާޕޯޓު ސެކިއުރިޓީ އޭރިއާ އާއި ބޭޗް ފެންސް އޭރިއާއެއް

އެމްޓީސީސީން ބުނި ގޮތުގައި 842200.33 ކިއުބިކް މީޓަރު ކޮނެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވިފައި ވަނީ މިދިޔަ އަހަރުގެ 30 އޯގަސްޓްގަ އެވެ. ގޮނޑުދޮށް ހިމާޔަތްކުރުމަށް 1120 މީޓަރުގެ ރިވެޓްމަންޓް ޖެހައި ނިންމާލެވިފައި ވަނީ މިއަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު އެވެ. 

ޖުމްލަ 198 މިިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވާ ތާރީހުގެ ކުރިން ނިންމުމަށް އެމްޓީސީސީން އަމާޒު ހިފާފައި ހުރިއިރު އެއާޕޯޓްގެ މަސައްކަތް ނިމުމުގެ ކުރިން ގަސް އިންދަައި އެ ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް