ads
ގެއްލިގެން ހޯދަމުންދާ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ)
މާލެއިން ޒުވާނަކު ގެއްލިގެން ހޯދާތާ 3 ދުވަސް
މާލެއިން ޒުވާނަކު ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.

މި މަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް އަލީ  ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެއެވެ.

އަދި މި ޒުވާނާ ގެއްލިގެން އާއިލާއަށް ރިޕޯޓްކުރީ މިމަހުގެ  17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުކަމަށް ފުލުހުން ބުނެެެއެވެ.

މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ. 

އިބްރާހީމް އިމްތިޔާޒް ޢަލީ އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;