ads
މާލެ މަގެއް---
މާލެއިން ރަށަށް ދާން ބޭނުންވާ 42 މީހަކު ކަރަންޓީނުކޮށްފި
މާލެ ސަރަހައްދަށް ގެނެސްފައިވާ ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައިވާ މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން ބޭނުންވާ 42 މީހަކު ކަރަންޓީންކޮށްފި އެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި މީހުންނަށް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރުމަށް ފަހު އަނބުރާ ރަށަށް ދެވޭނެ ކަމަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު، މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު އެ ދުވަހު ވަނީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފަ އެވެ. 

އެ ކަމުގެ ސަބަބުން އެކި ބޭނުންތަކަށް މާލެ އައި މީހުންނަށް ރަށަށް ނުދެވި މާލޭގައި ވަނީ ތާށިވެފަ އެވެ. މިހެންވެ، އަނބުރާ ރަށަށް ދާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވެސް މި ދޭތެރެއިން ހުޅުވާލި އެވެ.

މިކަމުގައި ޖެންޑާ މިނިސްޓްރީން އިސްކޮށް ހަރަކާތްތެރިވަމުން އަންނައިރު އެމީހުން ރަށަށް ގެންދާނެ ގޮތުގެ އުސޫލެއް ވަނީ އެކުލަވާލާފަ އެވެ. އެގޮތުން މި އުސޫލުގައިވާ ގޮތުން ރަށްރަށަށް މީހުން ފޮނުވުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ މިދިޔަ މަހުގެ ހަތަކުން ފެށިގެން މާލެއަށް އައި މީހުންނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް