ads
ފައްޔާޒު---
ރެންޓް ކޮންޓްރޯލް މޮރިޓޯރިއަމެއް ގެނެވޭތޯ މަޝްވަރާކުރަނީ
ރެންޓް ކޮންޓްރޯލް މޮރިޓޯރިއަމެއް ގެނެވޭތޯ މަޝްވަރާކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއި ލްވިދާޅުވެއްޖެއެވެ.

މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރެންޓް ކޮންޓްރޯލް މޮރެޓޯރިއަމެއް ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަަމަށެވެ. އަދި އެކަމާ މެދު އެޓާނީ ޖެނެރަލް އާއެކު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އުންމީދު ކުރަނީ މާ ގިނަ ދުވަސްތަކެއް ނުވެ، ނިންމާ އެއީ އަޅުގަނޑުމެން ކުރިއަށްދާ ކަމަކަށް ނަމަ މަޖިލިސް މެދުވެރިކޮށް އެކަމަށް ގޮތެއް ކަނޑައަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މާލޭގެ ބޮޑު ބަޔަކީ ކުއްޔަށް ދިރިއުޅޭ ފަރާތްތަކެވެ. އެހެން ނަމަވެސް މި ހާލަތުގައި ކުލި ނުދެއްކިގެން ގެއިން ނެރެފައި ވަނީ މަދު ބައެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް19 ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީއަށް ބަދަލު އައުމުގެ ސަބަބުން ގޭގެ ކުލި ވަނީ ނުދެއްކިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް