ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ--- ފޮޓޯ:އެމްއެންޑީއެފް
މިނިވަންކަމުގެ ސިއްރަކީ ކާބަފައިން ގެންގުޅުނު ހިކުމަތު އަމަލީ: ޑިފެންސް މިނިސްޓަރު
ދިވެހިރާއްޖޭގެ މިނިވަނަކަމުގެ ސިއްރަކީ ކާބަފައިންގެ ހިކުމަތު އަމަލީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެެ އެވެ.

މިއަދު ފާހަގަ ކުރަމުން ދާ 55 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މާރިޔާ ވިދާޅުވީ ދިވެހި ރައްޖެއަކީ، ޒަމާނުންސުރެ މިނިވަންކަމަތީގައި އޮތް ތަނެއް ކަމަށެވެ. އަދި މި މިނިވަންކަމުގެ ސިއްރަކީ ކާބަފައިން ގެންގުޅުނު ހިކުމަތު އަމަލީކަމަށާއި އެމީހުން އަަމަލު ކޮށްފައިވަނީ ވަރަށް ވެސް ވިސްނުންތެރިކަމާއިއެކު ކަމަށް މަރިޔާ ވިދާޅުވިއެވެ. 

މިނިސްޓަރު ފާހަގަ ކުރެެވިގޮތުގައި، މި މިނިވަންކަން މި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ ހުރިހާ ރައްޔިތުންގެ ބޮޑު ވާޖިބެކެވެ. އަދި މި ވާޖިބު އަދާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްބަޔަކީ ދިވެހި ސިފައިން ކަން މިނިސްޓަރު މާރިޔާ ފާހަގަ ކުރެއްވިއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ސިފައިން ވެފައިވާ ގުރުބަނީ އަދި ވަމުންދާ ގުރުބާނީ ފާހަގަކުރާ ކަމަށާއި އަދި އެގަޮތުގައި ސިފައިން ދެމިތިބޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވިގިތޮގައި، އެކަމަނާގެ ދުއާއަކީ މި ލޮބުވެތި ވަތަން މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ތާއަބަދަށްމެ ލެހެއްޓެވުން ކަން ފާހަގަކުރެއްވިއެވެ. މާރިޔާ ވަނީ ރައީސް ސޯލިހަށާއި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް