މި އެޕްލިކޭޝަނަކީ ދުވުންތެރިންނާއި އެ ފަރާތްތަކަށް ހިތްވަރުދޭ ސަޕޯޓަރުންނަށް، ރޭހާ ގުޅޭ އެންމެހައި މައުލޫމާތު އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ އެޕެކެވެ.
ޑީއެމްއާރްއާރް އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ވެސް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި މި ދުވުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށް ހުރިހާ ދުވުންތެރިންނާއި ސަޕޯޓަރުންވެސް މި އެޕްލިކޭޝަން ބޭނުންކުރުމަށް ދިރާގުން ވަނީ އެދިފައެވެ.
އެ ދުވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު، ދުވުމަށް ޚާއްސަ ވެބްސައިޓް www.dmrr.mv އިން ވެސް ލިބެން ހުންނާނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އަހަރުގެ ދުވުމުގައި 5،500އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފަ އެވެ.