ads
މެރަޑޯނާގެ ރަންބޯޅަ
މެރަޑޯނާގެ ރަންބޯޅަ ނީލަމުގައި ވިއްކާލަނީ
ފީފާ ވޯލްޑް ކަޕް 1986 ގައި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑިއޭގޯ މަރަޑޯނާގެ ގޯލްޑަން ބޯލް ޓްރޮފީ ޖޫން މަހު ފްރާންސްގައި ނީލަމުގައި ވިއްކާލަން ތައްޔާރުވެއްޖެއެވެ.

މިއީ ނީލަމަށް ދާ ފުރަތަމަ ގޯލްޑަން ބޯލްއެވެ. ނީލަމުގައި ގޯލްޑަން ބޯލް ވިއްކާލަން ތައްޔާރުވެފައިވީނަމަވެސް، އޭގެ އަގު އަދި ކަށަވަރުވެފައެއް ނުވެއެވެ. އެހެންނަމަވެސް މީގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

2020 ވަނަ އަހަރު މަރުވި، މެރަޑޯނާއަށް 1986 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކޮށް އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު ލިބުނު ތަށި ނީލަމުގައި ވިއްކާލަން ތައްޔާރުވެފައިވާއިރު، ފައިނަލް މެޗުގައި މެރަޑޯނާ ލައިގެން ހުރި ޖާޒީއާއި އެކު މެޗުން ލިބުނު ބޯޅަވެސް މީގެ ކުރިން ވަނީ ނީލަމުގައި ވިއްކާލާފައެވެ.

މަރަޑޯނާ މަރުވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހާޓް އެޓޭކެއް ޖެހިގެންނެވެ. ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު މަރުވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއޭގޯ މެރަޑޯނާގެ ޝަރަފުގައި، އިޓަލީގެ ނަޕޯލީގެ ސްޓޭޑިއަމްގެ ނަން ބަދަލުކޮށް މިހާރު ކިޔާ އާ ނަމަކީ، ސްޓޭޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާއެވެ. މަރަޑޯނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރީ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް