ސިފައިންގެ އެއާ ކޯ އަދި ޑްރޯން އިފުތިތާހު ކުރުން
2024-03-16 14:40:52
ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ހިދުމަތް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ފައްޓަވައި ދެއްވައިފަ އެވެ. ދިވެހި ސިފައިންގެ ތެރެއަށް ވައިގެ ސިފައިންގެ ހިދުމަތް ތައާރަފު ކުރުމާއި އަސްކަރީ ޑްރޯން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޕަރޭޓް ކުރަން ފެށުމަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބާއްވާއިރު، ޑްރޯން އޮޕަރޭޝަންތަކުގެ ބޭސް އަކަށް މި އެއާޕޯޓު ވަނީ ކަނޑައަޅައިފަ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ.