ރޭ ހިނގި އަލިފާނުގެ ހާދިސާތައް
2024-03-19 13:58:07
ކ. ކާށިދޫގައި އެހެލާފައި އޮތް ދެ ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ރޭ ވަނީ ހިނގައިފި އެވެ. ރޭ 12:30 ހާއިރު އެއް ދޯނީގައި ހުޅުހިފައި، ދެވަނަ ދޯންޏެއްގައި ރޯވެ، އެ ދެ ދޯންޏާ ކައިރީގައި އެހެލާފައި ހުރި ބޮއްކުރާއެއްގައި ވެސް ރޯވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ފްލެޓު ކައިރީގައި ހުރި ކުނިތަކެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ރޭ ފަތިހު 5:09 ހާއިރު ވަނީ ހިނގައިފައެވެ.