ރައީސް، އިސްލާމީ މަރުކަޒުގައި އޮތް އީދު ނަމާދުގައި ބައިވެރިވެވަޑައިގަތުން
2024-04-10 17:07:58
ރައީސް، އިސްލާމީ މަރުކަޒުގައި އޮތް އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގެން، އަދި އެއަށްފަހު މިސްކިތަށް ހާޒިރުވި ބައެއް ބޭފުޅުންނާއި ވަނީ ސަލާމް ކުރައްވާ އީދުގެ ތަހުނިޔާ ކިޔުއްވާފަ އެވެ. ރައީސް ވަނީ މިފަހަރުގެ އީދު ހުރިހާ ރައްޔިތުން ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރެއްވުމަށް ބާރު އަޅުއްވާފަ އެވެ.