ވޯލްޑް ޓްރެވަލް އެވޯޑްސްގެ މުހިއްމު ހަތަރު އެވޯޑެއް ރާއްޖެއަށް ލިބުން
2024-05-06 20:46:59
އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ކުރިއަށް ދިޔަ މި އެވޯޑު ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ވެސް ލިބިފަ އެވެ. އެ އެވޯޑު ޖެހި ޖެހިގެން ހަތަރު ފަހަރު ރާއްޖެއަށް ލިބިފައިވެ އެވެ.