ސައުދީ ފަންޑުގެ އިސްވެރިޔާ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
2024-05-17 11:59:34
ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން، އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެވެ. ސައުދީ ފަންޑުގެ ވެރިޔާ ރާއްޖެ ވަޑައިގެންނެވި އިރު، ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ހަފްތާގައި ސައުދީ އަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ.