ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެށުން
2024-06-06 00:25:57
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ވަނީ ފައްޓަވާފައި އެވެ. މިއީ ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ފަސް މިލިއަން ގަސް ފަސް އަހަަރު ތެރޭގައި ރާއްޖޭގައި އިންދާ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރައީސް މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ. ރާއްޖޭގައި ފަސް މިލިއަން ގަސް އިންދިމުގެ މަޝްރޫއަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުން ވަނީ ނިންމާފަ އެވެ.