ބޮޑު އީދު ބޮޑު ޖަމާއަތް
2024-06-16 10:33:02
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު މިއަދު ކުރި އެވެ. ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް އީދު ނަމާދުކުރެވޭނެ ޖާގަ ވެސް ހުރީ ހަމަޖައްސާފައި އެވެ. މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި ވަނީ އަވަސްކޮށްފަ އެވެ. މިހާރު އީދު ނަމާދު ފަށާ ގަޑިއަކީ ހެނދުނު 7:00 ގަ އެވެ. ކުރިން އީދު ނަމާދު ފަށަނީ 7:30 ގަ އެވެ.