ހައްޖުގެ އަޅުކަން ނިމި ހާޖީން ވަދާއީ ތޮއާފުގައި
2024-06-20 12:08:30
ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރަންޖެހޭ ހައްޖުގެ އަޅުކަމަށް މި އަހަރު 1.8 މިލިއަން މީހުން މައްކާއަށް ޖަމާވި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ޖަމާވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބަލި ހާލު ބޮޑު މީހުން ގިނަ ނަމަވެސް މި ގަދަ ހޫނުގައި ވެސް އަޅުކަން ފުރިހަމަކުރުމުގައި އެ މީހުން ބައިވެރިވި އެވެ.