ތިން މިނިިސްޓްރީއަކަށް ވަގުތީގޮތުން ހަމަޖައްސާފައިވާ އޮފީހަށް ރައީސް ޒިޔާރަތް ކުރެއްވުން
2024-12-16 15:38:52
މިދިޔަ ބުރާސްފަތި ދުވަހު މ. ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި ވަނީ އެ އިމާރާތުގައި ހިންގި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެތަނާ ޖެހިގެން ހިންގި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެހެންވެ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް، އިއްޔެ ވަނީ އަލުން ހިދުމަތް ދޭން ފަށައިފަ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން އެ މިނިސްޓްރީތަކުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.