ރިޔާސީ ބަޔާން 2025 އިއްވުމުގެ ޖަލްސާ
2025-02-06 14:27:30
ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ވަނަ ރިޔާސީ ބަޔާން އިއްވުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރީ މިއަދު ހެނދުނު 9:00 ގަ އެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަށް އިދިކޮޅު އެމްޑީޕީ އިން ވަނީ ހުރަސް އަޅައިފަ އެވެ. އިހުތިޖާޖު ފެށުމުން މެންބަރުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން ވަނީ އިއްވާފަ އެވެ.