އެމްއައިބީގެ "ބިންގާ" މާހެފުން
2025-02-25 15:32:03
މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީއިން އެ ބޭންކުގެ ކުޑަކުދިންނަށް ހާއްސަ އެކައުންޓު ކަމަށްވާ "ބިންގާ" އެކައުންޓް ކަސްޓަމަރުންނަށް ހާއްސަކޮއްގެން މާހެފުމެއް ބޭއްވީ، މި މަހުގެ 22 ވަނަ ދުވަހު އެވެ. މި މާހެފުން އޮތީ މާލެ އެކުވެނި ސަރަހައްދުގައި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ކުޑަކުދިން ގޮވައިގެން ދިޔަ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މާހެފުމުގައި ހާއްސަ ގިނަ ހަރަކާތްތަކެއް ބޭއްވި. މި ހަރަކާތުގެ ހަވީރު ގަޑީގެ ދަންފަޅީގައި ދީނީ އިލްމުވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަނީ ކުދިންނަށް އިބުރަތްތެރި ވާހަކައެއް ކިޔައި ދެއްވާފައި އަދި ރޭގަނޑުގެ ދަންފަޅީގައި ފިޓްނަސް އިންސްޓްރަކްޓަރު އައިޝަތު ޝިފާނާ ވަޖީހު ވަނީ ފިޓްނަސްއާ ގުޅޭ ހާއްސަ މައުލޫމާތުތައް ވެސް ހިއްސާ ކޮށްފައި އެވެ.