ރިސާޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ އެޅުން
2025-03-06 04:49:41
ރިސަރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފި އެވެ. "މަސްޖިދު އުންމުލްމުއުމިނީން އާއިޝާ ރަޟިޔަﷲ އަންހާ"ގެ ނަން ދީފައިވާ މި މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވީ އެކަމަށްޓަކާ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއީ ހުޅުމާލޭ ފޭސް 1ގެ ރެޑްވޭވް ކައިރި ވަގުތީ މިސްކިތް ހުރިތަނުގައި ބިނާކުރާ މިސްކިތެކެވެ. މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާއިލު މުހައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މަސައްކަތް މެނޭޖްކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި ބިނާކުރާ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، ނަމާދުގެ ފަހުން ކިޔަވަން ރިސާޗް ހެދުމާއިން، އެސައިންމަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު 2 ބުރިއަށް ބިނާކުރެވޭ މިސްކިތެކެވެ.