ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު
2025-03-27 15:15:35
ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގައުން އާއި ހަނދާނީ ލިޔުން ދެއްވައިފި އެވެ. ހާފިޒުންނަށް ހަނދާނީ ލިޔުން ދިނީ ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭ ބޭއްވި ހަފުލާގަ އެވެ. ރައީސް މުއިއްޒު މެޑަލް އެރުވި ހާފިޒުންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކުރެއްވި ހާފިޒުންނެވެ.