އީދު ނަމާދުގެ ބޮޑު ޖަމާއަތް
2025-03-30 13:30:55
މާލެ އާއި އެކި ރަށްރަށުގައި މައިދާންތަކަށް ނުކުމެ އެތައް ހާސް ބަޔަކު ބޮޑު ޖަމާއަތުގައި ވަނީ އީދު ނަމާދުކޮށްފައި އެވެ. އީދު ނަމާދުގެ ހުތުބާގައި ވަނީ އީދަކީ އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަށާއި އެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ހަނދާންކޮށްދީފައި އެވެ. ހުތުބާގައި ވަނީ ގާތް މީހުންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށާއި ރަހުމަތްތެރީންނަށް ތަހުނިޔާކިޔައި ހެޔޮ ދުޢާކުރަން ވެސް ނަސޭހަތްތެރިވެފަ އެވެ. އީދު ހުތުބާގައި ނިންމާލައިފައިވަނީ އިންސާނިއްޔަތުކަން ފާޅުކުރަން ނަސޭހަތްތެރިވަމުންނެވެ.