އީދު ފާހަގަކުރަން ބޭއްވި ހަވީރަށް ހޫނު ތަރުހީބެއް
2025-03-31 17:30:42
ފިތުރު އީދުގެ މުނާސަބަތުގައި އެމްއެންޑީއެފް އާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިވެގެން ކުރިއަށް ގެންދިޔަ "އީދު ހަވީރަށް'" ބޮޑު ތަރުހީބެއް ލިބުނެވެ. ފިތުރު އީދާ ގުޅިގެން ބާއްވާ ހަރަކާތްތައް މިއަދާއި މާދަމާ ވެސް އޮންނާނެ އެވެ. މިހަރަކާތްތައް އިއްޔެ ކުރިއަށް ގެންދިޔައީ ސަލްޓަން ޕާކާއި، އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްމީ ބޮޑު ފާލަން ހިމެނޭ ސަރަހައްދުގަ އެވެ. ފިތުރު އީދު ފާހަގަކުރުމަށް މާލޭގައި އިއްޔެ ހަވީރު ބޭއްވި "އީދު ހަވީރު"ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަނލުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް މި ހަވީރުގައި ބައިވެރިވި އެވެ.