ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ
2025-04-21 23:40:58
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުހައްމަދު މުއިއްޒު އެވެ. މި ޖަލްސާގައި ރައީސް ވަނީ ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކޮށް، ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު ގައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަހުރުވެރިވާންޖެހޭނެކަމަށް ވިދާޅުވެފައި އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.