ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފެށުން
2025-06-13 20:12:46
ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖާޖީން މާލެ އަންނަން ފެށީ މިއަދު އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މި އަހަރު 1،000 މީހުން އަޅުކަމަށް ދިޔަ އެވެ. އޭގެ ފުރަތަމަ ގްރޫޕު ގޮވައިގެން މެންދުރު 2:00 ގައި ބޯޓު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފަ އެވެ. ދެ ވަނަ ގްރޫޕު މާދަމާ ރޭ 11:00 ގައި އަދި ތިން ވަނަ ގްރޫޕު މޯލްޑިވިއަން އެއާލައިންގައި ރާއްޖެ އަންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގަ އެވެ. ހައްޖަށް ދިޔަ އެންމެ ފަހު ގްރޫޕު އައުމަށް ހަމަޖައްސާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގަ އެވެ. ހައްޖުވެރިން ރާއްޖެ އަންނަން ވާއިރަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ.