4000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން
2025-06-19 19:13:46
ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އަޅަން އެފްޑީސީއާ ހަވާލުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ. ރައީސް އޮފީހުން ބުނީ އެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ރައީސް މިއަދު ވަޑައިގަތް ކަމަށެވެ. އެ ޒިޔާރަތުގައި މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި، އެ ކަމާގުޅޭ މައުލޫމާތު ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.