ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން
2025-07-27 10:46:35
ކުލަގަދަ ރަސްމިއްޔާތެއްގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން އާ ޓާމިނަލް ރޭ ހުޅުވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ވަރުހަދަ ޑްރޯން ޝޯއާ އެކު އެވެ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ އާ ޓާމިނަލް މިރޭ ހުޅުވިއިރު އެ ތަނަށް ވަނީ 457 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަން ރުފިޔާ ވަރު ހަރަދުކޮށްފަ އެވެ.