އެމްޑީޕީގެ "ރަން ރީނދޫ" ދުވުން
2025-08-01 23:05:25
އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ 20ވަނަ އަހަރީ ދުވަސް ފަހަގަކުރުމަށް ތިން ސަތޭކަ އެއްހާ މީހުންނާ އެކު، "ރަން ރީނދޫ"ގެ ނަމުގައި ދުވުމެއް ކުރިއަށް ގެންގޮސްފި އެވެ. މި ދުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭހެން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އޭގެއިތުރަށް، ތިން ސަތޭކަ އެއްހާ މީހުން ބައިވެރިވި، މި ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ފަންސަވީހަކަށް މިނެޓަށް ކުރިއަށް ގެންދިޔަ މި ދުވުމުގައި ނާޒިލް ވިދާޅުވީ، މިދިޔަ 20 އަހަރު ތެރޭ ޕާޓީ ދެމިއޮތީ އެމްޑީޕީގެ އާންމު މެންބަރުންގެ މަސައްކަތާ އެކީގައި ކަމަށެވެ.