ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހަވާލުކުރުން
2025-08-16 18:32:19
ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ދިވެހި ސިފައިންނާ ރަސްމީކޮށް ހަވާލުކޮށްފި އެވެ. ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މަނަވަރު ދިވެހި ސިފައިންނާ ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރް ޔިލްޑްޒް އެވެ. ދިވެހި ސިފައިންގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ.