ޒަކާތު ފަންޑުގެ ސްކޮލަޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ދިނުން
2025-08-17 22:50:04
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ފަންޑުގެ ދަށުން ސްކޯލާޝިޕް ހަވާލުކުރަން ފަށައި، އެ ފަންޑުގެ ދަށުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޯލާޝިޕާއި ހާއްސަ ސްކޯލާޝިޕް 24 ދަރިވަރަކަށް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ޒަކާތު ފަންޑުގެ ދަށުން މިފަހަރު 24 ދަރިވަރަކަށް ސްކޯލާޝިޕް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ސްކޯލާޝިޕް ލިބުނު 17 ދަރިވަރުންނާއި، ސްޓައިޕެންޑް ލިބުނު ހަ ދަރިވަރަކާއި، ޓިއުޝަން ފީ ލިބުނު ދަރިވަރެއް ކަމަށް، އެ މިނިސްޓްރީން ބުންޏެވެ. މި ސްކޯލާޝިޕްގެ ދަށުން މިސްރާއި ބުރޫނާއީ އާއި މެލޭޝިއާ އާއި ސައޫދީ އަރަބިއްޔާއިން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް، މިނިސްޓްރީން މައުލޫމާތު ދެއެވެ.