ގައުމީ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު
2025-10-12 17:30:30
ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ރަން ވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޒާއަށް ލިބިއްޖެ އެވެ. މިދިޔަ މަހުގެ 19-26 އަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 119 މުއައްސަސާއަކުން 1،037 ބައިވެރިން ވާދަކުރި އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންގެ އިތުރުން ހާފިޒުންގެ ގޮފީގައި 31 ބައިވެރިންނެވެ. މުބާރާތުން ޝަރަފުވެރި ވަނަތަކުގެ އިނާމުތައް ހަވާލުކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.