ރައީސް މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުން
2025-11-24 16:19:28
ވިލިމާލޭގެ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް ރޭ ވަނީ އެ އަވަށުގެ މީހުންނާ ބައްދަލު ކުރައްވާފަ އެވެ. މުހްޔިއްދީން ސްކޫލުގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވިލިމާލޭގައި ދެން އެންމެ އަވަހަށް ފަށާނެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
