ރައީސް މުއިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުން
2025-11-25 23:50:29
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުން އޮތީ މިރޭ އަމީނިއްޔާ ސްކޫލްގައި އެވެ. ގިނަ ބަޔަކު ބައިވެރިވި މި ބައްދަލުވުމުގައި ރައްޔިތުންގެ ޝުއޫރު ފާޅުކުރަން ވަނީ ފުރުސަތު ދީފަ އެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ވަނީ ޖަވާބު ދެއްވާފަ އެވެ. ރައީސް ގެންދަވަނީ ރައްޔިތުންގެ އަޑުއެއްސެވުމަށް ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ޝުއޫރު އަޑުއައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަންދެއްވަމުންނެވެ. ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދެވި ދަތުރުފުޅުތަކަށްފަހު މިހާރު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެކި ދުވަސްތަކުގައި އަންނަނީ ބައްދަލުކުރެއްވުންތައް ބާއްވަމުންނެވެ. މިފަދަ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންދެވީ މިފަހުން ވިލިމާލޭގަ އެވެ.
