ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ޝަހީދު އަލީ ސްކޫލް ހުޅުވުން
2026-01-27 10:33:25
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި ޖާގަ ތަނަވަސް ޝަހީދު އަލީ ސްކޫލް މިއަދު ހުޅުވައިފި އެވެ.މި ސްކޫލު ރަސްމީކޮށް ހުޅުވުމަށްޓަކައި އެ ސްކޫލުގައި މިއަދުވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އަރުވާފަ އެވެ. އަދި ސްކޫލް ރަސްމީކޮށް ހުޅުވުމުގެ ގޮތުން، ސްކޫލްގެ ލޯގޯ އިފްތިތާހުކޮށްފައި ވެއެވެ. އާރުސީސީއާ ހަވާލު ކޮށްގެން އިމާރާތްކުރި ޝަހީދު އަލީ ސްކޫލްގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ފައްޓަވައި ދެއްވީ ޑިސެމްބަރު 2023 ގަ އެވެ. އެ ސްކޫލްގެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 27 ޖޫން 2021 ގަ އެވެ. ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭ ޝަހީދު އަލީ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމު ހިމެނެ އެވެ.