އެމްޑީޕީގެ ކައުންސިލު އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ޖަލްސާ
2026-02-13 00:35:47
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނު ލޯންޗުކުރަން އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ "ހޭވައްލާ ތައްޔާރު" ޖަލްސާ އޮތީ ރޭ އާޓިފިޝަލް ބީޗުގައި އެވެ. އެމްޑީޕީގެ އިސްވެރިން ވެސް ބައިވެރިވި އެ ކެމްޕެއިނު އިވެންޓުގައި ވަނީ އެ ޕާޓީގެ ފަރާތުން ސިޓީތަކާއި ރަށު ކައުންސިލުތަކުގެ މެމްބަރުކަމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުން ވެސް ބައިވެރިވެފަ އެވެ.