ބަރުބަރީ މިސްކިތް ރައީސް ހުޅުވައިދެއްވުން
2026-02-18 17:18:39
ބަރުބަރީ މިސްކިތަކީ މީގެ ކުރީން ގިނަ ބަޔަކު ބޭނުންކުރަމުންދިޔަ މާލޭގެ މުހިންމު ސަރަހައްދެއްގައި ގާއިމްކޮށްފައިވާ މިސްކިތެކެވެ. މަސްޖިދު ޔޫސުފުލްބަރުބަރީ ހުރި ބިމުގައި އާ މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން އަމިއްލަ ފަރާތަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ 25 ވަނަ ދުވަހުގަ އެވެ. ނަމަވެސް ރަސްމީކޮށް މިސްކިތް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. އެއް އަހަރު ދުވަހުން ނިންމާފައިވާ ބަރުބަރީ މިސްކިތަކީ ތިން ފަންގިފިލާއަށް އިމާރާތްކޮށް ނިންމާފައިވާ މިސްކިތެކެވެ. 1،400 މީހުންގެ ޖާގައިގެ މިސްކިތުގެ އެތެރެ ފަރުމާކުރެވިފައި ވަނީ އިސްލާމިކް އެކި އާކިޓެކްޗާ ބޭނުންކޮށް އެކި ޑިޒައިން ބޭނުންކޮށްގެންނެވެ.